ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލަށް ކޮމްޕެކްޓަރ ލޮރީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު:258/258/2026/58(IUL)                

އިޢުލާން

       

ހަނިމާދޫ ކައުންސިލަށް ކޮމްޕެކްޓަރ ލޮރީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

                ހަނިމާދޫ ކައުންސިލަށް ކޮމްޕެކްޓަރ ލޮރީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

               ވީމާ، މިކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދެމެވެ.

ލިންކް: (IUL)258/258/2026/58 – Fill in form

ތަފްސީލު

ތާރީޙް

ގަޑި

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

24 ޖޫން 2026 އިން ފެށިގެން 06 ޖުލައި 2026 ގެ ނިޔަލަށް

06 ޖުލައި 2026 ހެނދުނު 11:00 ގެ ކުރިން އޮންލައިންކޮށް

އަންދާސީ ހިސާބު ހުށަހެޅުން އަދި ހުޅުވުން

16 ޖުލައި 2026 (ބުރާސްފަތި)

ހެނދުނު 11:00 / ހދ. ހަނިމާދޫ ކައުންސިލް މީޓިންގ ރޫމް

  1. ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  2. ބީލަމުގައި ބައިވެރިވުން:  ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
  3. މި ބީލަން ހުޅުވާލެވިފައިމިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 4002064

    އީމެއިލް:  [email protected]

                 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 09 މުޙައްރަމް 1448

                 24 ޖޫން 2026

 

 

24 ޖޫން 2026
ހޯދާ