ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

 

މަޤާމުގެ ބާވަތް:

ވޭޖް

ބޭނުންވާ ޢަދަދު:

01 (އެކެއް)

 

މުއްދަތު:

01 (އެކެއް) އަހަރު

 

މަސައްކަތް ކުރަންޖެހޭ އޮފީސް

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ (ކީރިތި ޤުރްއާނާއި ބެހޭ ޤައުމީމަރުކަޒުގެ އުތީމު ގޮފި)

މުސާރަ:

އަސާސީ މުސާރަ : -/1500 ރުފިޔާ ( ފަނަރަސަތޭކަ ރުފިޔާ )

އިތުރުގަޑީގެ ފައިސާ : -/25 ރުފިޔާ ( ފަންސަވީސް ރުފިޔާ )

ރިސްކް އެލަވަންސް: -/1000 ރުފިޔާ ( އެއްހާސް ރުފިޔާ )

ސަރވިސް އެލަވަންސް: -/2500 ރުފިޔާ ( ދެހާސް ފަސްސަތޭކަ ރުފިޔާ )

ރަމަޟާން އެލަވަންސް : -/3000 ރުފިޔާ ( ތިންހާސް ރުފިޔާ )

ރިޓަޔަރމަންޓް ޕެންޝަން : -/105 ރުފިޔާ ( ސަތޭކަ ފަސް ރުފިޔާ )

މަސައްކަތް ކުރަން ޖެހޭ ގަޑި:

ދުވާލަކު 04  ގަޑި އިރު )  ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި )

ފެންވަރު ނުވަތަ ޝަރުޠު: 

(ހ) ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ ' ގްރޭޑް ލިބިފައިވުމާއިއެކު ، އޭގެ އިތުރުން ' ސެކަންޑަރީ ސްކޫލް ' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިހާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން

(ށ) އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

(ނ) ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:       


(ހ) ޢިމާރާތުގެ އެތެރެއާއި ، ފާހަނާ އަދި ގުދަން ގަވައިދުން ސާފުކޮށް ބެލެހެއްޓުން

(ށ) ޙާޟިރީ ބެލެހެއްޓުން

(ނ) ތުއްތު ކުދިންނާއި، ކުޑަކުދިންގެ ކަންތައްތަކުގައި އެހީތެރިވެދިނުން

(ރ) އިދާރީ ލިޔެކިއުންތައް ބެލެހެއްޓުން

(ބ) ކުލާސް ނަގައިދޭ އިރު މުދައްރިސައް އެހީތެރިވެދިނުން

(ޅ) ވަޒީފާގެ ދާއިރާއާއި ގުޅުން ހުރި އެހެނިހެން މަސައްކަތް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލް އިދާރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އުތީމު ކައުންސިލް އިދާރާގެ    ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރީން، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާއަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

 

      މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 30 ޖޫން 2026 ވާ އަންގާރަ ދުވަހު ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާގައެވެ.

24 ޖޫން 2026
ހޯދާ