ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިމަރަދޫ ރައްޔިތުން އެހެންރަށަކަށް ބަދަލުވުމާއި ގުޅޭ.

ނަންބަރ: 258/258/2026/57 (IUL)      

އިޢުލާން

    

ހިރިމަރަދޫ ރައްޔިތުން އެހެންރަށަކަށް ބަދަލުވުމާއި ގުޅޭ.

      ހއ. ހޯރަފުށީ ކައުންސިލްގެ ނަންބަރު:247-CA/261/2026/1 (28 މާރިޗް 2026) ސިޓީއާއި ހޯރަފުށީ ކައުންސިލްގެ 13/2026 (27 މާރިޗް 2026) ވަނަ އާއްމު ޖަލްސާގެ ނިންމުމުން، ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން އެދިލައްވާ ރައްޔިތުންނަށް ރަސްމީކޮށް ދައުވަތު ދީފައިވާތީ، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން  އެދިލައްވާ ފަރާތްތަކުން މިއަދުންފެށިގެން 30 ދުވަހުގެ ތެރޭގައި ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ) / ހަނިމާދޫ ކައުންސިލް އިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ އީމެއިލް[email protected]  އަށް ލިޔުމަކުން ނުވަތަ ފޯނު ނަންބަރަށް 4002064 ގުޅާ ނަން ނޯޓު ކުރެއްވުން އެދެމެވެ.

      ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

     09  މުޙައްރަމް 1448

     24   ޖޫން   2026

 

24 ޖޫން 2026
ހޯދާ