އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތް ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުރުމާއި ގުޅިގެން އަމާން ހިޔާގައި އިމަރޖެންސީ ރޫމްގ ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު 

 

އިޢުލާން ނަމްބަރ:   137-IU/PR/2026/88

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/W-17

 

ޕްރޮޖެކްޓްގެ ނަން: ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތް ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުރުމާއި ގުޅިގެން އަމާން ހިޔާގައި އިމަރޖެންސީ ރޫމްގ ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތް ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުރުމާއި ގުޅިގެން އަމާން ހިޔާގައި އިމަރޖެންސީ ރޫމްގ ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ތިޔަ ފަރާތްތަކަށް ހުޅުވާލަމެވެ.

ބިޑްހުށަހަޅާފަރާތްތަކުންސަމާލުކަންދޭންވީކަންތައްތައް 

  • ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި   އެއްގޮތަށް، ޖީ.އެސް.ޓީ ހިމަނައިގެންނެވެ.  
  • މަސައްކަތް ކޮށް ނިންމަން ކަނޑައަޅާ މުއްދަތަކީ 30 ދުވަހެއެވެ.
  • މިބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުމެއް 25 ޖޫން 2026ގެ 10:30 ގައި ވިލިމާލެ ހޮސްޕިޓަލުގެ އަމާންހިޔާގައި އޮންނާނެއެވެ. އަދި ޕްރީބިޑްގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދެވެން ނޯންނާނެއެވެ.
  • މި ބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް/ ކޯޓޭޝަންގެ  ސޮފްޓްކޮޕީ ޕެންޑްރައިވް ގައި ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި 

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީ.އެސް.ޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ 
  • ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ) 
  • ފާއިތުވި 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް
  • ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއް (އިމާރާތް ކުރުން ނުވަތަ މަރާމާތުކުރުން) ފަދަ މަސައްކަތް ކޮށްފައިވާ ކަމުގެ01 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން 

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް 

މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.  

  • އަގަށް މާކްސް ދެވޭނީ އެންމެ ކުޑަ އަގެއް  ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުނެވެ. 

ކެޓެގަރީ 

މާރކްސް 

މާރކްސް ދެވޭ އުސޫލު 

އަގު 

100 

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް 

 

ބީލަން ހުށަހަޅާނެގޮތް 

ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް / އައި.ޖީ.އެމް ހޮސްޕިޓަލް 

ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތް ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުރުމާއި ގުޅިގެން އަމާން ހިޔާގައި އިމަރޖެންސީ ރޫމްގ ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.   

 

ބީލަން ހުށަހެޅުން 

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ  29 ޖޫން 2026ގެ 10:00ގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. 
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޞިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް 

  1. ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޙިލާފް މައުލޫމާތު ހިމަނަފައިވުން. 
  2. ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން. 
  3. މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)  
  4. ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން. 

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ. 

ނޯޓު: 

މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، 

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ 

ފޯނު:+960 3335349 ، +960 3335254 

އީމެއިލް [email protected] 

ކޮޕީ: [email protected] 

    [email protected] 

 

09 މުހައްރަމް 1448

24 ޖޫން  2026

24 ޖޫން 2026
ހޯދާ