ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
24 ޖަނަވަރީ 2016 ގައި އާންމު އުސޫލުން ޕާސްޕޯޓް ދޫކުރުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވުން

އަލަށް ތަޢާރަފު ކުރާ ބަޔޮމެޓްރިކް ޕާސްޕޯޓް ދޫކުރުމަށްޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުގެ މަތިން ސިސްޓަމުތަކަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށްޓަކައި 24 ޖަނަވަރީ 2016 ގައި އާންމު އުސޫލުން ޕާސްޕޯޓް ދޫކުރުމަށް ހަމަޖެހިފައެއް ނުވެއެވެ. އަދި 24 ޖަނަވަރީ 2016 ގައި ޕާސްޕޯޓްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އިމަރޖެންސީ ހާލަތެއް މެދުވެރިވެގެން އަންނަ ފަރާތްތަކަށް އެކަންޏެވެ. މިހެންކަމުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އެދިލައްވާ ފަރާތްތަކުން، އިސްވެ ދެންނެވުނު ތާރީޚުގައި ދަތުރު ކުރުމަށް ބޭނުންފުޅުވާ ކަމުގައިވާ ނަމަ މި ތާރީޚުގެ ކުރިން ޕާސްޕޯޓު ހެއްދުމަށް މި ޑިޕާޓްމަންޓުން އިލްތިމާސް ކުރަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. 

18 ޖަނަވަރީ 2016
ހޯދާ