މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އޮޅުހިޔާ ކްލޮިނިކަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ފޯރުކޮށްދިނުުން - ލިސްޓް އެއްކަރުދާސްކުރެވިފައި

މި މިނިސްޓްރީގެ ދަށުން ހިންގާ އޮޅުހިޔާ ކްލިނިކަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)30-P1/30/2026/71 އިޢުލާނުގައި، ބޭނުންވާ ތަކެތީގެ ލިސްޓު ހިމެނިފައި ނުވާތީ، އެ ލިސްޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

24 ޖޫން 2026 ވާ ބުދަ ދުވަހުގެ 10:00 ގައި

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، ވެލާނާގެ 7 ވަނަ ފަންގިފިލާ، އަމީރު އަޙްމަދުމަގު 

އަންދާސީ ހިސާބު ހުށަހެޅުން

02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:30 އަށެވެ.

   މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309331 އަދި 3309333 ނަންބަރު ފޯނަށެވެ.

23 ޖޫން 2026
ހޯދާ