ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކްގެ މަސްފެންގަނޑުގައި ހުރި މަސްތައް ނީލަން ކިއުމާއި ގުޅޭ

އިޢުލާން

 

ކުޑަކުދިންގެ ޕާކްގެ މަސްފެންގަނޑުގައި ހުރި މަސްތައް ނީލަން ކިއުމާއި ގުޅޭ

 

ކުޑަކުދިންގެ ޕާކްގެ މަސްފެންގަޑުގައި ހުރި މަސްތައް ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.

 

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި 

ނީލަން އޮންނަ ދުވަސް:

25 ޖޫން 2026  

ގަޑި:

ހަވީރު: 16:30 ގައި

ނީލަން އޮންނަ ތަން:

ކުޑަކުދިންގެ ޕާކްގެ މަސްފެންގަނޑު ކައިރި

 

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

ޢަދަދު

ބާވަތް

ނީލަން ފެށޭއަގު

1

ކުޑަ މަހެއްގެ އަގު

ނީލަމަށް އަންނަފަރާތުން ފަށާއަގެއް

1

ބޮޑު މަހެއްގެ އަގު

ނީލަމަށް އަންނަފަރާތުން ފަށާއަގެއް

 

މި ނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 25 ޖޫން 2026 ދުވަހުގެ ހަވީރު 18:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ 7714700413001 ގެ ނަމްބަރ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު ޓްރާންސްފަރ ކުރި ސްލިޕް ލިބުމަށް ފަހުގައެވެ. 18:00 ގެ ކުރިން ފައިސާ ނުފޮނުވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރިކަމުގެ ލިއުން ކައުންސިލުން ދިނުމުންނެވެ. ނީލަމުން އެބޭފުޅަކު ނަންގަވާ މަސް، މަސްފެންގަނޑުން އެހެން މަސްތަކަށް ގެއްލުން ނުވާގޮތަށް މަސް ނެގުމަކީ އެބޭފުޅެއްގެ ޒިންމާއެކެވެ. މަސް ނެގޭނީ ކައުންސިލް މުވައްޒަފެއްގެ ހާޒިރުގައެވެ.

ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 25 ޖޫން 2026 ދުވަހުގެ ރޭ 20:00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި ކައުންސިލުން ބޭނުންވާގޮތަށް އެތަކެއްޗާއި މެދު ޢަމަލު ކުރެވޭނެއެވެ. މިއީ މި މަސްތައް ނީލަން ކިއުމަށް އިއުލާން ކުރެވޭ 3 ވަނަ ފަހަރެވެ.

 

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖޫން 2026
ހޯދާ