އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ

މަޤާމް :އެސިސްޓެންޓް ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު :3

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަގާމުގެ ނަންބަރު

456397ޖޭ،456399ޖޭ،456398 ޖޭ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 -ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް / އޮޕަރޭޝަނަލް ސަރވިސް ޑިޕާޓްމަންޓް، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިވިޜަން، އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް އެންޑް ޓެކްނިކަލް ސަޕޯޓް ސެކްޝަން

މަގާމުގެ އަސާސީ މުސާރަ:

-/13420 ރުފިޔާ (މަހަކު)

މަގާމުގެ އެލަވަންސް:

-/6260 ރުފިޔާ (މަހަކު)

ޙާޟިރީ އިނާޔަތް

-/170 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އައި.ޓީ. ސަޕޯޓް ފޯރުކޮށްދިނުމާއި، މުވައްޒަފުންގެ ޔޫސަރ އެކައުންޓް، އެކްސެސް، ޑިވައިސް ސެޓްއަޕް އަދި ދުވަހުގެ ޓެކްނިކަލް ރިކުއެސްޓްތައް ބަލަހައްޓާ އަވަސް ހައްލު ދިނުން.
  2. ކޮމްޕިއުޓަރ، ލެޕްޓޮޕް، ޕްރިންޓަރ، ސްކޭނަރ، ތިން ކްލަޔަންޓް، ނެޓްވޯކް އިކްއިޕްމެންޓްސް އަދި އަނެހެން އައި.ސީ.ޓީ ހާޑްވެއަރ އިންސްޓޯލް، ކޮންފިގަރ، ޓެސްޓް އަދި މަރާމާތްކުރުން.
  3. ހޮސްޕިޓަލުގެ ކޮމްޕިއުޓަރތަކާއި ސިސްޓަމްތަކަށް ދިމާވާ އިންޓަރނެޓް، އިންޓްރަނެޓް، ސޮފްޓްވެއަރ އަދި އޮޕަރޭޓިންގ ސިސްޓަމް މައްސަލަތައް ހައްލުކުރުމާއި، ބޭނުންވާ ސޮފްޓްވެއަރ އިންސްޓޯލްކުރުމާއި އަޕްޑޭޓްކުރުން.
  4. ހޮސްޕިޓަލުގެ ކޮމްޕިއުޓަރ ނެޓްވޯކް، އިންޓަރނެޓް އަދި އަނެހެން އައި.ސީ.ޓީ ޚިދުމަތްތައް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ކޮމްޕިއުޓަރތަކާއި ޑިޖިޓަލް ސިސްޓަމްތަކުގައި ޖެހޭ މައްސަލަތައް ހައްލުކުރުން.
  5. ސަރވަރ، ވާޗުއަލް އެންވަޔަރަމެންޓް، ސްޓޯރޭޖް އަދި ހޮސްޕިޓަލަށް ބޭނުންވާ ކޯރ ސިސްޓަމް ހާޑްވެއަރ އިންސްޓޯލްކޮށް ބެލެހެއްޓުމާއި އެއަށް ބޭނުންވާ ކޮންފިގަރޭޝަންތައް ހެދުން.
  6. ނެޓްވޯކް، ސަރވަރ، އީ-މެއިލް، އެކްޓިވް ޑައިރެކްޓްރީ، އޮތެންޓިކޭޝަން އަދި ޔޫސަރ އެކްސެސްއާއި ގުޅޭ ސިސްޓަމްތައް ބަލަހައްޓާ، ސެކިއުރިޓީ އަދި އެކްސެސް ކޮންޓްރޯލް ޔަގީންކުރުން.
  7. އައި.ޓީ. މަސައްކަތްތަކަށް ބޭނުންވާ ޓޫލްތައް، ސްޕެއަރ ޕާޓްތައް، ލައިސަންސްތައް އަދި ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުމާއި، ޕްރޮކިޔުމެންޓާ ގުޅިގެން ހޯދުން.
  8. ފޯންލައިން، ޕީއޭބީއެކްސް، ސީ.ސީ.ޓީ.ވީ، ޑޯއެކްސެސް އަދި އަނެހެން އިދާރީ ޓެކްނޮލޮޖީ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
  9. އިންހައުސްކޮށް ހައްލުކުރެވޭ ހުރިހާ އައި.ސީ.ޓީ މައްސަލަތައް ހައްލުކުރުމާއި، ބޭރު މަރާމާތް ކުރަން ނުވަތަ ޚާއްޞަ ޓެކްނިކަލް އެހީ ބޭނުންވާ ހާލަތްތަކުގައި ޕްރޮކިޔުމެންޓާއި ވެންޑަރުންނާ ގުޅިގެން މައްސަލަ ހައްލުކުރުން.
  10. އައި.ސީ.ޓީ ސިސްޓަމްތަކާ ގުޅޭ ޕްލޭނިންގ، ޑޮކިއުމެންޓޭޝަން، އޮޑިޓަށް ބޭނުންވާ ރެކޯޑްތަކާއި ކުރެހުން ތައްޔާރުކޮށް އަޕްޑޭޓްކުރުން.
  11. ހޮސްޕިޓަލުގެ އައި.ސީ.ޓީ އެސެޓް އިންވެންޓްރީ، ލައިސަންސް ރެކޯޑް، މެންޓެނަންސް ރެކޯޑް އަދި ތަކެތީގެ ހާލަތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  12. އައި.ސީ.ޓީ ސަޕޯޓް ޓިކެޓްތައް މޮނިޓަރކޮށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:

މަގާމުގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުން.

 

މަގާމުގެ ތައުލީމީ ރޮނގުތައް:

  1. އާޓިފިޝަލް އިންޓަލިޖެންސް އެންޑް ރޮބޮޓިކްސް  
  2. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް  
  3. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސަސް އެންޑް ސަޕޯޓް ސަރވިސް  
  4. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސިސްޓަމް އެނަލިސިސް  
  5. ކޮމްޕިއުޓަރ އެންޑް އިންފޮރމޭޝަން ސިސްޓަމް ސެކިއުރިޓީ  
  6. ކޮމްޕިއުޓަރ ސިސްޓަމްސް ނެޓްވަރކިންގ އެންޑް ޓެލެކޮމިއުނިކޭޝަންސް  
  7. ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޯލޮޖީ  
  8. ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން  
  9. އިންފޮރމޭޝަން ސައިންސް/ސްޓަޑީސް  
  10. އިންފޮމޭޝަން ޓެކްނޮލޮޖީ  
  11. މަލްޓިމީޑިއާ މެނޭޖްމަންޓް އެންޑް ވެބްމާސްޓަރ  
  12. ނެޓްވަރކިން އެންޑް ލޭން/ވޭން މެނޭޖްމަންޓް  
  13. ސޮފްޓްވެއަރ އިންޖިނިއަރިންގ  
  14. ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  15. ސިސްޓަމް އިންޖީނިއަރިންގ  

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

-

މަގާމުގެ ކޯ ޑިސިޕްލިން:

-

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

(ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/Policy/Index/51 އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި  އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެމް.އެސް.1 އަދި އެމް.އެސް.2 ގެ ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖޫން 2026 ވާ އަންގާރަ  ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއުއާއި އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ،  01 ޖުލައި 2026 ން 30 ޖުލައި 2026 އާ ދެމެދު އެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

08 މުހައްރަމް 1448

23 ޖޫން 2026

23 ޖޫން 2026
ހޯދާ