ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑްރާފްޓްސްމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

ޑްރާފްޓްސްމަން

މަޤާމު:

1 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިވިޜަން

ޑިޕާޓްމަންޓް:

ހެޑް އޮފީސް، ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

-/5،000 ރުފިޔާއާއި -/6،500 ރުފިޔާއާ ދެމެދު

މުސާރައާއި ޢިނާޔަތްތައް:

(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

(ށ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން އެމް. އެސް. 2 (ދޭއް) ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ؛

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް  ލިބެމުން  ދިއުމާއެކު،  އެމް. އެސް. 1 (އެކެއް)  ގެ  ރޭންކުގެ  ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް. އެސް. 2 (ދޭއް) ގެ ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

(ބ) އުމުރާއި ޞިއްޙަތުގެގޮތުން އެކަށީގެންވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކުކަމުގައިވުން.

 

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.    

ސުންގަޑި:

1. އެޕްލިކޭޝަން  ފޯމު  (ވަޒީފާއަށް  އެދި  ހުށަހަޅާ  އެޕްލިކޭޝަން  ފޯމު،  މި  ކުންފުނީގެ  ވެބްސައިޓުން ޑައުންލޯޑް  ކުރެވޭނެއެވެ.  އަދި  ހެޑް  އޮފީހުން  (ޕޯޓް  ކޮމްޕްލެކްސް،  7  ވަނަ  ފަންގިފިލައިން)  ރަސްމީ ދުވަސްތަކުގެ  9:00 އިން 16:00 އަށް މި ފޯމު ލިބެން ހުންނާނެއެވެ.)

2. ސީ.ވީ

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. 3 މަސްދުވަސް ހަމަވެފައިނުވާ ޕޮލިސް ރިޕޯޓް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިންޓަވިއު:

މި މަޤާމަށް މުވައްޒަފަކު ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުޠު ހަމަވާ ފަރާތެއް ނެތްނަމަ، މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ނޯޓް:

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ފޯނު ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

އީމެއިލް: [email protected]

 

 

 

އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް:

11 ރަބީޢުލްއާޚިރު 1437

21 ޖަނަވަރީ 2016
ހޯދާ