ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

މިރަށު އިރުމަތީ ކޮޅުން، ވިނަރެސް ހިނގުމުން ސެޑްލެސް ގޭގެ ދެކުނުން، (ބަނބުކެޔޮވަލޭ ކިޔާ ސަރަހައްދު) ގައި، ނޫކުލައިގެ ދަވާދުން ނަންބަރ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" ފުރުއްވުމަށްފަހު، 2026 ޖޫން 30 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިދެންނެވި ފޯމް ތިރީގައިވާ ލިންކުންނާއި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

      ފޯމްގެ ލިންކް: vaikaradhoo.gov.mv/ruhgahuge-badhalu-form

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖޫން 2026
ހޯދާ