ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ) ޤާނޫނުގެ 107 ވަނަ މާއްދާގައި ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ތަކުގެ ތެރެއިން މިއަހަރުގެ ދެވަނަ ބައްދަލުވުން 2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި މާލެ ސިޓީހޯލް (ބޮޑުތަކުރުފާނުމަގު) ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިބައްދަލުވުމަށް މާލެ ސިޓީގެ ރައްޔިތުންނަށް ދަޢުވަތު އަރުވައި، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
08 މުޙައްރަމް 1448
23 ޖޫން 2026
