މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިނަވާގެ މަރާމާތުކުރުމުގެ މަސައްކަތް
- މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ހިނަވާގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ބޭނުންވެއެވެ.
- އެގޮތުން މިކަމަށްއެދި ބިޑް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މިކަމަށްއެދި ބިޑް ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 2026 ޖޫން 28 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން، މިއިދާރާއަށް ފޯމް ހުށަހެޅުމުން ނުވަތަ [email protected] އަށް ފޯމު މެއިލް ކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް ގެޒެޓް ކޮށްފައިވާ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
- މިކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތާއި ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވުމުން އެފަރާތްތަކަށް މަޢުލޫމާތުތައް މެއިލްކޮށްދެވޭނެއެވެ. އިތުރު މަޢުލުމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6540051 އަށް ގުޅުއްވުންއެދެމެވެ.
- ބިޑްތައް ބަލައިގަތުން އޮންނާނީ 2026 ޖުލައި 5 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ހުށަހަޅާއިރު، ބިޑް އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބިޑެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބިޑް ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބިޑްތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 11:00 ގައެވެ.
22 ޖޫން 2026
ހޯދާ
