ދިވެހިރާއްޖެ
މި އިޢުލާންވަނީ 23 ޖޫން 2026 12:02 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ކުޑަކުދިންގެ ޕާކްގެ މަސްފެންގަނޑުގައި ހުރި މަސްތައް ނީލަން ކިއުމާއި ގުޅޭ
ކުޑަކުދިންގެ ޕާކްގެ މަސްފެންގަޑުގައި ހުރި މަސްތައް ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި
|
ނީލަން އޮންނަ ދުވަސް: |
25 ޖޫން 2026 |
|
ގަޑި: |
ހަވީރު: 16.30 ގައި |
|
ނީލަން އޮންނަ ތަން: |
ކުޑަކުދިންގެ ޕާކްގެ މަސްފެންގަނޑު ކައިރި |
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް
|
ޢަދަދު |
ބާވަތް |
ނީލަން ފެށޭއަގު |
|
01 |
ކުޑަ މަހެއްގެ އަގު |
ނީލަމަން އަންނަފަރާތުން ފަށާއަގެއް |
|
01 |
ބޮޑުމަހެއްގެ އަގު |
ނީލަމަން އަންނަފަރާތުން ފަށާއަގެއް |
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 25 ޖޫން 2026 ދުވަހުގެ ރޭ 18.00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ 7714700413001 ގެ ނަމްބަރ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު ޓްރާންސްފަރ ކުރި ސްލިޕް ލިބުމަށް ފަހުގައެވެ. 18:00 ގެ ކުރިން ފައިސާ ނުފޮނުވާ ފަރާތްތަކުން ނީލަމުންނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރި ކަމުގެ ލިއުން ކައުންސިލުން ދިނުމުންނެވެ. ނީލަމުން އެބޭފުޅަކު ނަންގަވާ މަސް މަސްފެންގަނޑުން އެހެން މަސްތަކަށް ގެއްލުން ނުވާގޮތަށް މަސް ނެގުމަކީ އެބޭފުޅެއްގެ ކަމެކެވެ. މަސް ނެގޭނީ ކައުނސިލް މުއައްޒަފު ހުރެގެންނެވެ.
ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 25 ޖޫން 2026 ދުވަހުގެ ރޭ 20.00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި ކައުންސިލުން ބޭނުންވާގޮތަށް އެތަކެއްޗާއި މެދު ޢަމަލު ކުރެވޭނެއެވެ. މިއީ މިމަސްތައް މިއީ ނީލަން ކއުމަށް އިއުލާން ކުރެވޭ 03 ވަނަ ފަހަރެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
