ޅޮހީ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ ފާޚާނާތައް މަރާމާތު ކުރާނެ ފަރާތެއްހޯދުން

ދަރިވަރުންގެ ފާޚާނާތައް މަރާމާތު ކުރާނެ ފަރާތެއްހޯދުން

 މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާ އާއި މުވައްޒަފުންގެ ފާޚާނާ މަރާމާތުކުރުމަށް ބޭނުންވެއެވެ. އެހެންކަމުން އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

1.  މަސައްކަތާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
2.  މަޢުލޫމާތު ސާފުކުރުން ޝައުޤުވެރިވާ ފަރާތްތަކަށް 2026 ޖޫން 24 އަދި 30 ވަނަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް އެ ތަންތަން ބެއްލެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ.
           ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2026 އިން 30 ޖޫން 2026 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
https://forms.gle/oy4urpQs9bDJ6kU47

 

3. ބިޑް ހުޅުވުން އޮންނާނީ 01 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 13:00 ގައި މިސްކޫލުގައެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑް ޑޮކިއުމެންޓްގައި ހިމަނާފައި ވާނެއެވެ.
- ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސްކޫލުގެ އިދާރީ ބަޔާ ގުޅުއްވުން އެދެމެވެ.

23 ޖޫން 2026.

23 ޖޫން 2026
ހޯދާ