ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހައުސް ކަނެކްޝަން މީޓަރ ހޯދުމާ ގުޅޭ

އިޢުލާން

ހައުސް ކަނެކްޝަން މީޓަރ ހޯދުމާ ގުޅޭ:

މި ކުންފުނީގެ ފަރާތުން ބޯފެން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް ބޭނުންވާ ހައުސް ކަނެކްޝަން މީޓަރތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 02 ވާ އަންގާރަ ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލާމަތަށްޓަކައި ދެންނެވީމެވެ.

11 ރަބީޢުލްއާޚިރު 1437

 

 

 

21 ޖަނަވަރީ 2016
ހޯދާ