އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ ކައުންސިލްގެ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުން

އިޢުލާން

އައްޑޫ ސިޓީ ކައުންސިލްގެ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުން

ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ޤަވާއިދުގެ 93 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން، އައްޑޫ ސިޓީ ކައުންސިލްގެ 05 ވަނަ ދައުރުގެ އެޑްވައިޒަރީ ކޮމިޓީތައް އުފައްދައި، އެ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުމަށް ވަނީ ނިންމާފައެވެ.

މިގޮތުން އުފެއްދުމަށް ހަމަޖެހިފައިވާ ކޮމިޓީތަކަކީ:

  • ރިލިޖަސް އެޑްވައިޒަރީ ކޮމިޓީ
  • ޔޫތު އެޑްވައިޒަރީ ކޮމިޓީ
  • ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެޑްވައިޒަރީ ކޮމިޓީ
  • ބިޒްނަސް އެންޑް ޓޫރިޒަމް އެޑްވައިޒަރީ ކޮމިޓީ
  • އެންވަޔަރަންމަންޓް އެޑްވައިޒަރީ ކޮމިޓީ
  • ސޯޝަލް އެޑްވައިޒަރީ ކޮމިޓީ

މި ކޮމިޓީތަކަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން، ކުރިމަތިލާ ކޮމިޓީގެ ނަމާއި، އެ ދާއިރާއަކުން ހާސިލްކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްދޭ ލިޔުންތައް، 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، މެއިލްއަށް ([email protected]) ހުށަހެޅުއްވުން އެދެމެވެ. ކޮމިޓީތަކަށް މެމްބަރުން އައްޔަނުކުރުމުގައި، ކަމާގުޅޭ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ އަދި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރު، 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލްކޮށްދެއްވުންއެދެމެވެ.  


07 މުހައްރަމް 1448

22 ޖޫން 2026

22 ޖޫން 2026
ހޯދާ