ދިވެހިރާއްޖެ
ޗައިނާގެ "ޗައިނާ ސެންޓަރ ފޮރ އިންޓަރނޭޝަނަލް ޕީޕަލް-ޓު-ޕީޕަލް އެކްސްޗޭންޖް" އާއި "ޗައިނާ ސެންޓަރ ފޮރ އިންޓަރނޭޝަނަލް ކަލްޗަރަލް އެކްސްޗޭންޖް" ގުޅިގެން، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ވޯލްޑް ޔޫތު ވިންޑް ބޭންޑް ފެސްޓިވަލް އެންޑް އެކްސްޗޭންޖް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ހުޅުވާލެވިފައެވެ.
"މާޗިންގ ޓުގެދަރ ޓު އަ ވޮންޑަރފުލް ފިއުޗަރ" މި ޝިޢާރުގެ ދަށުން ބޭއްވޭ މި ފެސްޓިވަލަކީ، މިއުޒިކީ ހުނަރުތައް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ސަގާފީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ހަރަކާތެކެވެ.
މި ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 6 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ހިމެނޭ "ވިންޑް ބޭންޑް" ތަކަށެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ކެއުމާއި، ހުރުމުގެ އިތުރުން އިވެންޓް ބާއްވާ ސަރަޙައްދުތަކުގެ އެތެރޭގެ ދަތުރުފަތުރުގެ ކަންކަން އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދެއްވާނެ ވާހަކަ ވަނީ ދަންނަވާފައެވެ. ނަމަވެސް، ދެކޮޅު ޓިކެޓްގެ ޚަރަދާއި، އަމިއްލަ އެހެނިހެން ޚަރަދުތައް ބަލަހައްޓަންވަންވާނީ ބައިވެރިވެލައްވާ ފަރާތްތަކުންނެވެ.
ވީމާ، މި ފެސްޓިވަލުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން [email protected] އަށް 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. މި ހަރަކާތާއި ގުޅޭ އިތުރު ތަފުސީލީ މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
