ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ ބޭނުމަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)283-PS/283/2025/39 (30 ޖޫން 2025) އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.
މިކަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން [email protected] އަށް 2026 ޖޫން 29 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ.
މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
ބީލަން ހުޅުވުން އޮންނާނީ 2026 ޖުލައި 05 ވާ އާދީއްތަދުވަހުގެ 13:00 ގައި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލް މެދުވެރިކޮށް ފޮނުއްވާ ބީލަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނެ ފަރާތްތައް ބީލަން ފޮތުގެ ސެކްޝަން 02 ގެ 02 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެއެވެ.
