ދިވެހިރާއްޖެ
މި އިޢުލާންވަނީ 23 ޖޫން 2026 14:46 ގައި ބާތިލް ކުރެވިފައެވެ.
ސްކޫލްގައި ފިޒިކަލް އެކްސިސިބިލިޓީ ޤާއިމުކުރުމަށް / އިތުރަށް ތަރައްޤީ ކުރުމަށް ހުށަހަޅުއްވާފައިވާ މަސައްކަތްތައް ތިރީގައި މިދަންނަވާ ގޮތަށް ކުރިއަށް ގެންދިޔުމަށް ބޭނުންވެއެވެ.
- ސްކޫލްގެ ހުރިހާ އިމާރާތްތައް ގުޅުވާލެވިގެން ވޯކްވޭ އެޅުން
- ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެ " ޔުނިވަރސަލް ޓޮއިލެޓް" (އަންހެން / ފިރިހެން) ވަކިން ހެދުން
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ކޮންމެ މަސައްކަތަކަށް ވަކިންނެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.
