ދިވެހިރާއްޖެ
ނަންބަރު: (IUL)405-A/2026/15
އިޢުލާން
ލ.ކުނަހަންދޫގެ ބަނދަރާއި ޑިންގީ އަޅާ ސަރަހައްދު ސާފްކޮށް ބޭއްވުމާއި ގުޅޭ
ކުނަހަންދޫގެ ބަނދަރު ސަރަހައްދާއި ޑިންގީ އަޅާ ސަރަހައްދުގައި އެކި ފަރާތްތަކުން އެކި ބާވަށް ބާވަތުގެ ތަކެތި ގިނަދުވަސްތަކެއް ވަންދެން ބަހައްޓަމުން ދާކަން މި ކައުންސިލަށް ދަނީ ފާހަގަ ކުރެވެމުންނެވެ. ވުމާއިއެކު، ބަނދަރަކީ ރަށުގެ މަލަމަތި ކަމުގައި ވެފައި އާންމު ރައްޔިތުން އެކިއެކި ބޭނުން ތަކުގައި އަބަދުވެސް ގޮސް އުޅޭ ތަނެކެވެ. މި ކަމަކީ (IUL)405-A/2022/12 9 މާރިޗު 2022ގެ އިޢުލާން އިންވެސް އާންމުކުރެވި، އަދި މީގެ ކުރިންވެސް އެކި ފަހަރުމަތިން މިކަމަށް ވަނީ އެންގިފައެވެ.
އެގޮތުން ބަނދަރާއި ޑިންގީ އަޅާ ސަރަހައްދުގައި ބަހައްޓާތަކެތި ގިނަވެގެން 3 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ނުބެހެއްޓުމަށް ދަންނަވަމެވެ. 3 ދުވަހައްވުރެ ދިގުމުއްދަތަކަށް ބަހައްޓަން ޖެހިއްޖެ ހާލަތުގައި ބަހައްޓަން ވާނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. އަދި މިހާރު އެ ސަރަހައްދު ތަކުގައި ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން 7 ދުވަސްތެރޭގައި އެ ތަކެތީގެ ވެރިފަރާތުން ގެންދެވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ނަގައި ތަން ސާފްނުކުރާނަމަ ''ބަނދަރު ބެލެހެއްޓުމާއިބެހޭ ޤަވާޢިދު" އަދި ކައުންސިލުން ނިންމާ ގޮތެއްގެ މަތީން އެތަކެއްޗާއި މެދު އަމަލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، 21 ޖޫން 2026ން ފެށިގެން 30ޖޫން 2026ގެ ނިޔަލަށް ބަނދަރުގެ އެކި ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި ނަގައި ތަން ސާފްކުރުމަށް އެ ތަކެތީގެ ވެރިފަރާތަށް އަންގަމެވެ. މި މުއްދަތުގެ ތެރޭގައި އަންގާފައިވާ ގޮތަށް އަމަލު ކޮއްފައި ނުވާނަމަ މި ކައުންސިލުން ހަމަޖައްސާ ގޮތެއްގެ މަތިން އެތަކެއްޗާ މެދު އަމަލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
06 މުޙައްރަމް 1448
21 ޖޫން 2026
