މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާން ނޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުން.

ބ.ކިހާދޫ ގެ ޤަބުރުސްތާނު ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މަސައްކަތް ކޮށްދެވޭނެ އަގު (ކޯޓޭޝަން) ހުށަހެޅުން އެދެމެވެ. މަސައްކަތް ކޮށްދެވޭނެ މުއްދަތު މި ކޯޓޭޝަންގައި ހިމަނަންވާނެއެވެ. އަދި ކޯޓޭޝަން ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައުދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިވެރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޯޓޭޝަނާއެކު ހުށަހަޅަންވާނެއެވެ.

އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން އީމެއިލް ކުރަންވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.

މި މަސައްކަތްކޮށްދިނުމަށް ހޮވޭ ފަރާތް ކަނޑައެޅުމަށް މާކްސް ދިނުމުގައި ބަލާނެ މިންގަޑުތަށް

ދާއިރާ

އިންސައްތަ

ތަފްސީލް

އަގު

60%

  • ހުށަހަޅާ އެންމެ ކުޑަ އަގަށް ދެވޭ މާކްސް
  • މިބަޔަށް މާކްސްދޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން.

މުއްދަތު

40%

  • ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތަށް ދެވޭ މާކްސް.
  • މިބަޔަށް މާކްސްދޭނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން.

ޖުމްލަ

100%

 

މައިގަނޑު މަސައްކަތްތައް:

  1. ޤަބުރުސްތާނުގައި ހެދިފައިވާ ވިނަތައް ނޮޅައި ބިން ސާފުކުރުން (ނޮޅައި ނެގޭ ވިނަތައް ކައުންސިލް އިދާރާއިން އަންގާ ތަނަކަށް ގެންގޮސް ނައްތާލުން)
  2. ދުންނިކަގަހުގެ ތިރިވެފައިވާ އަފިތައް ކޮށުން.
  3. ޤަބުރުސްތާނު ނޮޅުމުގެ ތެރޭގައި ނެގޭ ގަލާއި އަކިރި އަދި ފަނާނުވާ ޒާތުގެ ކުނިނަގައި މިފަދަ ކުނިތައް ނައްތާލުމަށް ހަމަޖެހިފައިވާ ގޮތުގެމަތިން ނައްތާލުން.

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ ނަންބަރ 4001060 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޖޫން 2026
ހޯދާ