ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ބަލަހައްޓަމުންގެންދާ ބިންތަކުގެ ތެރެއިން ހުސްވެފައިވާ 12 ބިން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ބަލަހައްޓަމުންގެންދާ ބިންތަކުގެ ތެރެއިން ހުސްވެފައިވާ 12 ބިން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

 

           ރަށުގެ އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ސާފުކޮށް ބަލަހައްޓަމުންގެންދާ ބިންތަކުގެ ތެެރެއިން 12

 ބިމެއް ހުސްވެފައިވާތީ އެބިންތަށް 31 ޑިސެމްބަރ 2026 ގެ ނިޔަލަށް ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ބޭނުންވެއްޖެއެވެ.

            ވީމާ، މިދެންނެވި ބިންތައް ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖޫން 2026  ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއަކާއެކު މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

މަގުތައް ސާފުކޮށް ބެލެހެއްޓުން ހަވާލުކުރުމުގައި ތިރީގައިމިދަންނަވާ ކަންކަމަށް ބެލިގެންދާނެ ކަމުގައި ދަންނަވަމެވެ.

  1. ބިންތައް ސާފުކުރުމަށް ހަވާލުކުރުމުގައި އަލަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދިނުން.
  2. ބިމަށް ކުރިމަތިލާ ފަރާތަކީ މިހާރުވެސް ބިންތައް ސާފުކުރާ ފަރާތެއްނަމަ އެފަރާތަކުން ސާފުކުރާ ބިންތަކުގެ ޢަދަދު 04 ބިމަށްވުރެ އިތުރަށް ބަލަހައްޓާ މީހަކު ކަމުގައި ނުވުން.
  3. ބިމަށްއެދި ހުށަހަޅާފަރާތަކީ ރަށުގައި ދިރިއުޅޭ ފަރާތަކަށްވުން.( ބޭސްފަރުވާއަށް މާލެދާ ފަރާތްތައް މީގެތެރެއިން އިސްތިސްނާ ވާނެވެއެވެ.)
  4. ބިންތައް ހަވާލުކުރުމުގައި ވަޒިފާގައި ނޫޅޭ ފަރާތްތަކަށް އިސްކަން ދިނުން.
  5. ކޮންމެ ގެއަކުންވެެސް އެއްފަރާތަށްވުރެ ގިނަ ފަރާތްތައް ބިމަށް ކުރިމަތިލާފައިވާނަމަ އެގެއެއްގެ އެހެން ފަރާތްތަކަށް ބިން ލިބޭނީ ނިސްބަތުން މިއިޢުލާނުގައިވާ ޝަރުޠު ހަމަވާ ފަރާތްތަކަށް ބިން ދިނުމަށްފަހު ބިން ހުރިނަމައެވެ.
  6. ބިންތައް ދިނުމުގައި މީގެކުރިންް ބިންތައް ސާފުކޮށްފައިވާ ގޮތަށް ބެލުން. (އަލަށްކުރިމަތިލާ ފަރާތްތައް ނޫން ފަރާތްތައް)

 

           ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                                                ލަމްޢާން ވަޙީދު

                                                              ކައުންސިލްގެ ރައީސް

22 ޖޫން 2026
ހޯދާ