އޮމަދޫ ސްކޫލް ތ.އޮމަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތ.އޮމަދޫ ސްކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
|
އޮމަދޫ ސްކޫލް |
|
|
|
ތ.އޮމަދޫ، |
އިޢުލާން ނަންބަރު: |
GS-178/IUL/2026/04 |
|
ދިވެހިރާއްޖެ. |
ޕްރޮކިޔުމެންޓް ނަންބަރު: 02GS-178/PROC/2026/ |
|
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އޮމަދޫ ސްކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:
- ކޫލް ސްކޫލް މަޝްރޫއުގެ ދަށުން މިސްކޫލަށް ލިބިފައިވާ 24 އޭސީ، ސްކޫލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 22 ޖޫން 2026 ން 25 ޖޫން 2026 ގެ 13:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަދި ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެހަށް ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، ފޯން ނަންބަރު، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު، 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/ZQHMAJ5xG2dumYux5
- މި ޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 28 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައިއޮމަދޫ ސްކޫލުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އޮމަދޫ ސްކޫލް
ތ.އޮމަދޫ، ދިވެހިރާއްޖެ
ފޯން: 6780572
އީ-މެއިލް: [email protected]
07 މުޙައްރަމް 1448
22 ޖޫން 2026
ހޯދާ
