ދިވެހިރާއްޖެ
ނަންބަރު: 258/258/2026/55(IUL)
އިޢުލާން
ހަނިމާދޫ އަވަށު އޮފީހަށް (ހިރިމަރަދޫ) ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ކުރެވުނު ޙަރަދުތަކުގެ ތަފްޞީލް
ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހަނިމާދޫ އަވަށު އޮފީހަށް ކުރެވުނު ޙަރަދުތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
|
ފައިސާ ދެއްކި ތާރީޚް |
ތަފްޞީލް |
ޢަދަދު |
|
03 ޖޫން 2026 |
ހަނިމާދޫ އަވަށު އޮފީސް – ކައުންސިލް މުވައްޒަފުންގެ މުސާރަ (މޭ 2026) |
153,025.26ރ |
|
15 ޖޫން 2026 |
ހަނިމާދޫ އަވަށު އޮފީސް – ކައުންސިލް މުވައްޒަފުންގެ ޕެންޝަން ފައިސާ (މޭ 2026) |
7,394.68ރ |
|
10 ޖޫން 2026 |
ހަނިމާދޫ އަވަށު އޮފީސް – އ.ތ.މ ކޮމިޓީ މެމްބަރުންގެ އެލަވަންސް (މޭ 2026) |
5,866.56ރ |
|
21 ޖޫން 2026 |
އުރީދޫ – ހަނިމާދޫ އަވަށު އޮފީހުގެ އިންޓަނެޓް ބިލް – މޭ 2026 |
756.00ރ |
|
21 ޖޫން 2026 |
ދިރާގު – ހަނިމާދޫ އަވަށު އޮފީހުގެ ފޯނު ބިލް – މޭ 2026 |
2,337.93ރ |
|
21 ޖޫން 2026 |
ހަނިމާދޫ އަވަށު އޮފީސް – ހިރިމަރަދޫ ކުނިކޮށި ބެލެހެއްޓުމުގެ ޙަރަދު (AGR)261/PRIV/2025/05 (މޭ 2026) |
15,000.00ރ |
|
21 ޖޫން 2026 |
ހަނިމާދޫ އަވަށު އޮފީސް – ޢިޖުތިމާޢީ ސަރަޙާއްދު ސާފްކޮށް ބެލެހެއްޓުން (AGR)261/PRIV/2026/04 (މޭ 2026) |
55,800.00ރ |
|
21 ޖޫން 2026 |
ހަނިމާދޫ އަވަށު އޮފީސް – ހިރިމަރަދޫ ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުން (AGR)261/PRIV/2026/06 (މޭ 2026) |
6,600.00ރ |
|
21 ޖޫން 2026 |
ހަނިމާދޫ އަވަށު އޮފީސް – ހިރިމަރަދޫ ކައުންސިލް ޤުރުއާން ކްލާސް ހިންގުން (AGR)261/PRIV/2026/01 |
21,000.00ރ |
|
ޖުމްލަ (ދެލައްކަ ފަސްދޮޅަސް ހަތްހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ ސާޅީސް ތިން ލާރި) |
267,780.43ރ |
|
ހަނިމާދޫ އަވަށު އޮފީސް (ހިރިމަރަދޫ)ގެ މިޙަރަދުތައް ކުރެވިފައިވަނީ ހަނިމާދޫ ކައުންސިލްގެ ބަޖެޓުންކަމަށްވުމާއި ހިރިމަރަދޫގެ ބަޖެޓު (ބްލޮކް ގްރާންޓް) އަދިވެސް ހަނިމާދޫ ކައުންސިލަށް ޖަމާކޮށްފައި ނުވުމާއި މިހާތަނަށް ހަނިމާދޫ ކައުންސިލަށް ކުރެވުނު މަސައްކަތުން ރަޢީސުލްޖުމްހޫރިއްޔާގެ އެންގުމާއި އެއްގޮތަށް ހިރިމަރަދޫ ކައުންސިލްގެ ބްލޮކް ގްރާންޓް ހަނިމާދޫ ކައުންސިލަށް ސަރުކާރުން ދޫކުރާނެ ކަމުގެ އެއްވެސް އަލިމަގެއް ފެނިފައިނެތުމުން ކުރިއަށް އޮތް މުސްތަޤުބަލުގައިވެސް ހިރިމަރަދޫ ރައްޔިތުންނަށް އަސާސީ ބައެއް ޙިދުމަތްތަކާއި ރައްވެހި ޙިދުމަތް ދިނުމަށް ޙަރަދުތަށް ކުރަންޖެހޭނީ ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅިފައިވާ ބަޖެޓުންކަމަށް މިކައުންސިލުން ދެކެމެވެ. މިކަމުގެ ސަބަބުން ހަނިމާދޫ ރައްޔިތުންނަށް މިކައުންސިލުން ފޯރުވައިދޭ އަސާސީ އަދި ރަށްވެހި ޙިދުމަތްތައް ދިނުމުގައި ލަސްވުންތަކެއް ނުވަތަ ބައެއް ޙިދުމަތްތައް ދިނުން ހުއްޓުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މީގެ އިތުރުން ހަނިމާދޫގެ ތަރައްޤީއަށް މިކައުންސިލުން ކުރިއަށް ގެންދާ މަޝްރޫޢުތައް ހުއްޓާލުން ނުވަތަ މަޑުޖައްސާލުމަށް ޖެހިދާނެކަންވެސް ހިތާމަޔާއެކު ފާހަގަކުރަމެވެ.
އެހެންކަމުން ހަނިމާދޫގެ ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި މިކަން ހިއްސާކުރީމެވެ. އަދި މި ޙަރަދުތަށް ހަނިމާދޫ ރައްޔިތުންގެ ބަޖެޓުން ކުރަން ޖެހޭތީ، މިކަމަށްޓަކައި ހަނިމާދޫގެ ރައްޔިތުންގެ ކިބައިން ނިހާޔަތައް މަޢާފަށްއެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
06 މުޙައްރަމް 1448ޙ
21 ޖޫން 2026މ
