ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް ސްވެނިއަރސް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 26 ފެބުރުވަރީ 2026 ގައި ގެޒެޓްކޮށްފައިވާ ނަންބަރު (IUL)220-AS/1/2026/17 އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތަކުގެ ތެރެއިން، ބައެއް ތަކެއްޗަށް ހުށަހަޅާފައިވާ އަންދާސީހިސާބުތައް އިވެލުއޭޝަން މިންގަނޑުތަކަށް ނުފެތޭތީއާއި، ބައެއް ތަކެއްޗަށް ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ، ދެންނެވުނު ތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވާލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
|
|
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
|
މަޢުލޫމާތު ސާފުކުރުން |
ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ގްރައުންޑް ފްލޯރ، އަމީނީމަގު، މާލެ |
28 ޖޫން 2026 |
އާދިއްތަ |
11:00 |
|
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން |
05 ޖުލައި 2026 |
އާދިއްތަ |
10:00 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.
