މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ އާރު ޓީ އެލް ފެރީ ގިމަތަ ތެރޭގައިވާ ކިއޮސްކް ކުއްޔަށް ދޫކުރުން

މި އިޢުލާންވަނީ 22 ޖޫން 2026 11:57 ގައި ބާތިލް ކުރެވިފައެވެ.


ބީލަން ހުށަހެޅުމުގެ ދަޢުވަތު

ށ.ފޭދޫ އާރު ޓީ އެލް ފެރީ ގިމަތަ ތެރޭގައިވާ ކިއޮސްކް ކުއްޔަށް ދޫކުރުން

     މި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ށ.ފޭދޫ އާރު ޓީ އެލް ފެރީ ގިމަތަ ތެރޭގައިވާ ކިއޮސްކް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުއްވުން އެދެމެވެ.

  • މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން (feydhoo.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  • މިބީލަމުގައި ރަޖިސްޓްރީކުރެއްވުމަށް މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާ މައިކުރޮސޮފްޓު ފޯމް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
  • މިބީލަމަށް ޝައުގުވެރިވާ ފަރާތަށް 21 ޖޫން 2026 ގެ 13:00 އާއި 24 ޖޫން 2026 އާއި ދޭތެރޭ ބީލަން ރަޖިސްޓްރީ ކުރަން އެދޭ މައިކްރޮސޮފްޓު ފޯމް މެދުވެރިކޮށް ބީލަން ރަޖިސްޓްރީ ކުރަންވާނެއެވެ.
  • މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 25 ޖޫން 2026 ދުވަހުގެ 14:00ގެ ކުރިން  [email protected]  އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  • ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ ‏29 ޖޫން 2026 ވާ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  • ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

-          ބީލާން ރަޖިސްޓްރީކުރާ ފޯމަ: https://forms.office.com/r/h4PTXq27uY

21 ޖޫން 2026
ހޯދާ