ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޢަރަބި ބަހުގެ ކްރޭޝް ކޯސް އިޢުލާންކުރުން

އިޢުލާން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ. 

ފޯމު ހުށަހެޅުމުގެ ސުންގަޑި:

05 ޖުލައި 2026 ވާ ދުވަހުގެ 23:59

ކޯސް އޮންނާނެ ތާރީޚާއި ދަންފަޅި:

09 ޖުލައި 2026 ވަނަ ދުވަހުގެ (20:15 އިން 23:15 އަށް)

ކެމްޕަސް:

މާލެ

ކޯސް ހިންގޭނެ ގޮތް:

ކްލާސްތަކަށް ހާޒިރުވެގެން (ފޭސްޓުފޭސްކޮށް) އަދި އޮންލައިންކޮށް

ޖާގައިގެ ޢަދަދު:

100 (ކްލާސްތަކަށް ހާޒިރުވެގެން 40 ޖާގަ އަދި އޮންލައިންކޮށް 60 ޖާގަ)

ވަގުތު/މުއްދަތު:

3 ގަޑިއިރު

އުމުރުފުރާ:

16 އަހަރުން މަތި

ފޯމުގެ ލިންކު:

Arabic Language Crash Course – June 2026

ކޯސް ފީ:

ހިލޭ

މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޢަރަބި ބަހުގެ މަތީ ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ މަގުފަހިވެގެން ދާނެއެވެ.

ނޯޓު: މި ކޯހުގެ ތާވަލު މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

21 ޖޫން 2026
ހޯދާ