ދިވެހިރާއްޖެ
އިޢުލާނު
މި އޮފީހުގައި މިހާރު ބޭނުން ކުރަމުންދާ ޑައިކިން ވީ.އާރް.ވީ 4 އެއަރކޮންޑިޝަން ސިސްޓަމެއް ޑައިކިން ވީ.އާރް.ވީ 6 އޭ ސިސްޓަމަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން
މި އޮފީހުގައި މިހާރު ބޭނުން ކުރަމުންދާ ޑައިކިން ވީ.އާރް.ވީ 4 އެއަރކޮންޑިޝަން ސިސްޓަމެއް ޑައިކިން ވީ.އާރް.ވީ 6 އޭ ސިސްޓަމަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް 9 ޖޫން 2026 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2026/59 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ތިން ފަރާތުން ހާޟިރުވެފައި ނުވާތީ، އަލުން އިޢުލާނުކުރަމެވެ.
މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މި ދަންނަވާ މައުލޫމާތު، 2026 ޖޫން 24 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން މޭލު ކުރުން އެދެމެވެ. މައުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީ-މޭލު:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މައުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 ޖޫން 24 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
