ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
PSM- PROC-07/ GA/2016/08 |
އިޢުލާން
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނީގެ ޓީވީ މޯލްޑިވްސް ގެ 3 ނަންބަރު ސްޓޫޑިއޯގެ ފުރާޅުން ވާރޭވެހޭތީ ފުރާޅުން ވާރޭނުވެހޭގޮތަށް، އަމިއްލަ ތަކެތީގައި ފުރާޅު ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 16:00 އަށް ޕީ.އެސް.އެމްގެ ޓީވީ މޯލްޑިވްސް (ޓީވީ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 16:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.
08 ރަބީޢުލްއާޚިރު 1437