އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާން ނޯޅާސާފުކޮށްދޭނެ ފަރާތެއް ހޯދުން:

މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތުތަކާއި އެއްގޮތަށް މި ރަށުގެ ގަބުރުސްތާނު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތްކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާނީ މަޢުލޫމާތު ޝީޓާއެކު ހިމަނާފައިވާ ފޯމުންނެވެ. މި ފޯމް ހުށަހަޅާނީ 2026 ޖޫން 29 ވަނަ ދުވަހުގެ 10:00 އަށް މި ކައުންސިލަށް ޙާޟިރުވެއެވެ. ފޯމް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެ ފޮނުވާ މީހާގެ މަޢުލޫމާތާއި ހައިސިއްޔަތު ބަޔާންކޮށް ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 2026 ޖޫން 28 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް ސުވާލުތައް މެއިލްކުރުމުން، ޖަވާބުތައް 28 ވަނަ ދުވަހުގެ ނިޔަލަށް ފޮނުވޭނެއެވެ. މި މަސައްކަތާއި ގުޅޭ ލިޔެކިތުންތަކުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ.

މި މަސައްކަތައް ފަރާތެއް ކަނޑައެޅުމުގައި މާކްސްދޭނެ މިންގަނޑުތަކާއި މަސައްކަތާއި ގުޅޭ ތަފްސީލް މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.

21 ޖޫން 2026
ހޯދާ