ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
PSM-PROC- 10/TVM-pro/2015/597 |
އިޢުލާން
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މޯލްޑިވިއަން އައިޑަލްގެ ކުރިއަށް ހުރި ޝޯވތަކުގައި ލައިވްކޮށް މިޔުޒިކް ކުޅެދޭނެ ބޭންޑެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 12:00 އަށް ޕީ.އެސް.އެމް ގެ ޓީވީ މޯލްޑިވްސް (ޓީވީ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު، މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.
08 ރަބީޢުލްއާޚިރު 1437