ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނޫވިލު ސީޕުލޭން ޓާރމިނަލް އިމާރާތުގައި ހުސްކޮށް ހުރި "އެކްސެކެޓިވް ލައުންޖު" ގޮޅިތައް ހިންގާނެ ފަރާތްތަކެއް ހޯދައި ލައިސަންސްދިނުމާއި ބެހޭ
މި ކުންފުނިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހިންގަމުން އަންނަ ނޫވިލު ސީޕުލޭން ޓާރމިނަލް އިމާރާތުގައި، މިހާރު ހުސްކޮށްހުރި "އެކްސެކެޓިވް ލައުންޖު" ގޮޅިތައް ހަދައި ހިންގާނެ ފަރާތްތަކެއް ހޯދައި އެފަރާތްތަކަށް ހިންގުމުގެ ލައިސަންސް ދޭންބޭނުންވެއެވެ. އެގޮތުން، ލައުންޖު ހިންގުމަށް ދޫކުރާ ހުސް ޖާގަ ކާމިޔާބުކުރާ ފަރާތްތަކުން ލައުންޖު ހަދައި ހިންގަންވާނީ މިކުންފުނިން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގަޮތަށެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތަކަށް ވާންވާނެެއެވެ. ނޫނީ ރިސޯޓެއް ހިންގުމަށް ނުވަތަ ތަރައްގީ ކުރުމަށް ސަރުކާރާއިއެކު ކޮންޓްރެކްޓް ކުރެވިފައިވާ ފަރާތަކަށް ވާންވާނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖޫން 28 ވާ އާދިއްތަދުވަހުގެ މެންދުރު 2:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް" (https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 7981289 އަށް ގުޅުއްވުން އެދެމެވެ.
"ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ޖުލައި 06 ވާ ހޯމަދުވަހުގެ މެންދުރު 2:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 06 ވާ ހޯމަދުވަހުގެ މެންދުރު 2:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3026510/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.
