ދިވެހިރާއްޖެ
01 ޖުލައި 2026 ން 31 ޑިސެމްބަރު 2026 ގެނިޔަލަށް ލަންދޫ ޕްރީސްކޫލުގެ ޢިމާރާތާއި ގޯތިތެރެއާއި ގޯތިވަށައިގެން އޮންނަ މަގުތަކުގެ އެއްފަޅި ކުނިކަހާ ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މަހަކަށް -/2000 ރ ( ދެހާސް ރުފިޔާ ) އަށްވުރެ ބޮޑުނޫން އަގަކަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލު އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.
|
|
ތާރީޚް |
ގަޑި |
|
މަޢުލޫމާތު ސާފްކުރުން |
23 ޖޫން 2026 ( އަންގާރަ ) |
10:30 |
|
އަންދާސީ ހިސާބް ހުށަހެޅުން |
28 ޖޫން 2026 ( އާދިއްތަ ) |
10:30 |
ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަންބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވެވުންއެދެމެވެ. އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛ މަސައްކަތުގެ އަގަށް %90 ، މަސައްކަތުގެ ތަޖުރިބާއަށް %5 ، ފަރުދުންގެ ވިޔަފާރި އަދި ލޯކަލް އިންވެސްޓްމަންޓްތަކަށް %5 އެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
