ދިވެހިރާއްޖެ
އިޢުލާން
|
ދަނޑުވެރިކަމަށް އަދި ޖަނަވާރު ގެންގުޅުމަށް ބިން ކުއްޔަށް ދޫކުރުމާއިގުޅޭ: |
ދަނޑުވެރިކަން ކުރުމަށާއި، ޖަނަވާރު ގެންގުޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ފޯމް ހުށަހެޅުން:
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފޯމް ހުށަހެޅުންވުން އޮންނާނީ 28 ޖޫން 2026 (އާދިއްތަ) ދުވަހުގެ 11:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި، ފޯމް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ފޯމްތަކާއި، މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 25 ޖޫން 2026 (ބުރާސްފަތި) ދުވަހުގެ 14:00 ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލްކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.
