އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރޭގައި މަދިރި އުފެދޭ ތަންތަން ސާފުކުރުން

       މިދުވަސްވަރު ހަލުވިކަމާއެކު ޑެންގޫ ފެތުރެމުންދާތީ، ކައުންސިލާއި ހެލްތް ސެންޓަރ އިސްނަގައިގެން ރަށުގެ މުއައްސަސާތަކާއި ގުޅިގެން ރަށުތެރޭގައި މަދިރިއުފެދޭ ތަންތަން ނައްތާލުމުގެ ޕްރޮގްރާމެއް 19 ޖޫން 2026 ވާ ހުކުރު ދުވަހު 14:30 ގައި ކުރިއަށް ދެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެންނެވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މި ސާފުކުރުމުގައި ބައިވެރިވެވަޑަގަންނަވަން ބޭނުންފުޅުވެވައްވާ ހުރިހާ ބޭފުޅުން 19 ޖޫން 2026 ވާ ހުކުރު ދުވަހު 14:30 އަށް ކައުންސިލްއަށް ވަޑައިގެންނެވުން އެދެމެވެ.

       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖޫން 2026
ހޯދާ