ދިވެހިރާއްޖެ
އިޢުލާން
އެފް.އޭ.އެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "އެފް.އޭ.އެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ގައި ބައިވެރިވުމަށް ތ. ކިނބިދޫ ކައުންސިލުން މިހާރު ވާނީ ރަޖިސްޓްރީކޮށްފައެވެ .މި މުބާރާތަށް ކިނބިދޫ ތަމްސީލުކުރާނެ ރަށު ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެއެވެ. ވީމާ، މި ޓީމުގައި ބައިވެރިވެ ރަށް ތަމްސީލުކުރުމަށް ޝައުޤުވެރިވާ ކުޅުންތެރިން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ފަރާތާއި ގުޅުއްވުން އެދެމެވެ.
ޖާދުﷲ މުޙައްމަދު 9660055
މި މުބާރާތުގައި ބައިވެރިވުމަށް ކިނބިދޫގެ ހުނަރުވެރި ޒުވާނުން މި ފުރުޞަތުގެ ބޭނުން ހިފައި، ރަށް ތަމްސީލުކުރުމުގައި ބައިވެރިވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
3 މުހައްރަމު 1448ހ
