މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026/2027 އާއި ގުޅޭ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓްސަލް ލީގުގެ އޮނިގަނޑުގެ ދަށުން 2026 ޖުލައި 27 ގައި ފެށުމަށް ހަމަޖެހިފައިވާ "ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް" މުބާރާތުގައި ބައިވެރިވުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވާ ދަރަވަންދޫ ޓީމުގައި ހިމެނުމަށް ޝައުޤުވެރިވާ ބ. ދަރަވަންދޫގެ ރަޖިސްޓްރީގައި ހިމެނޭ ފިރިހެން ބޭފުޅުން 2026 ޖޫން 21 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައި މިވާ ލިންކް މެދުވެރިކޮށް ނަން ނޯޓުކުރެއްވުން އެދެމެވެ.
https://forms.gle/L9b5otuYEUQH5uDXA
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
18 ޖޫން 2026
ހޯދާ
