ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ސްކޫލުގެ ކްލާސްރޫމްތައް އޭސީ ކުރުމާއި ގުޅިގެން ކުރަންޖެހޭ އިތުރު ކަރަންޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ
- ި ސްކޫލުގެ ކްލާސްރޫމްތައް އޭސީ ކުރުމާއި ގުޅިގެން ކުރަންޖެހޭ އިތުރު ކަރަންޓް މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 ޖޫން 2026 އިން 30 ޖޫންގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
4.1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
4.2- ރަޖިސްޓްރީ ނަންބަރު.
4.3- އީމެއިލް އެޑްރެސް.
4.4- ގުޅޭނެ މޯބައިލްނަންބަރު.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 06ޖުލައި 2026 ވާ ހޯމަ ދުވަހުގެ 10:15ގައި މިސްކޫލު ގައެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ޖުލައި 2026 ވަނަ ދުވަހުގެ 13:00ގެ ކުރިން 9816696 އަށް ގުޅުއްވުން އެދެމެވެ
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 12 ޖުލައި 2026 ވަނަ ދުވަހުގެ 10:15 ގައި މިސްކޫލްގައެވެ
- ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކެޔޮދޫ ސްކޫލް
ވ. ކެޔޮދޫ، ދިވެހިރާއްޖެ.
ފޯން: 7938883 ، 9816696
އީ-މެއިލް: [email protected]
18 ޖޫން 2026
ހޯދާ
