ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރ.ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ

އިޢުލާން

ރ.ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ:

މި ކުންފުނީގެ ރ.ރަސްމާދޫ އިންޖީނުގެ މިހާރު ހުރި ތަން ނޫން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށްޓަކައި، ކުންފުނިން ދޭ ކުރެހުމާއި، ބީއޯކިޔުއާ އެއްގޮތަށް އަމިއްލަ ތަކެތީގައި، އެ މަސައްކަތް އެރަށުގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާ ބެހޭ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިޔުމަންޓަކީ ވިއްކާގޮތަށް ހަމަޖެހިފައިވާ ޑޮކިޔުމެންޓެއް ކަމުގައި ދަންނަވަމެވެ.

  • ބިޑް ޑޮކިއުމަންޓްގެ އަގު: -/1,000ރ  (ނޮން ރީފަންޑަބަލް)
  • ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 2016 ޖަނަވަރީ 24 ން 28 ގެ ނިޔަލަށް ރަސްމީ ގަޑީގައި 08:30 އިން 15:30 އަށް.
  • ފައިސާ ބަލައިގަންނަ ތަން: 07 ވަނަ ފަންގިފިލާ، ޕޯޓް ކޮމްޕްލެކްސް. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. ބިޑް ޑޮކިޔުމެންޓަށް ފައިސާ ދެއްކެވުމުން ހަމަ އެ ތާރީޚުގައި ބިޑް ޑޮކިޔުމެންޓްގެ ޕީ.ޑީ.އެފް ލިބިވަޑައިގަންނަވާނެއެވެ.
  • މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖަނަވަރީ 31 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑްއޮފީހަށް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ރ.ރަސްމާދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް ޕްރީ-ބިޑް ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
  • މި ބިޑުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތައް އެކަނި ކަމުގައި ދަންނަވަމެވެ.
  • ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ފެބުރުވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ރ.ރަސްމާދޫ ބްރާންޗަށެވެ. މި ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

11 ރަބީޢުލްއާޚިރު 1437

21 ޖަނަވަރީ 2016
ހޯދާ