ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގަންނަން ބޭނުންވާ ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

            ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގަންނަން ބޭނުންވާ ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި ވާނެއެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި  ބީލަމާ ގުޅޭގޮތުން ސުވާލު ފޮނުވުން

 

https://forms.office.com/r/Bx2mdhMvuj

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށެވެ. 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރީ ކޮށް، ބީލަމާގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ  [email protected] އަށް އީމެއިލް ކުރުމުން، 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

*ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ

 

05 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، 

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ، ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

 

18 ޖޫން 2026
ހޯދާ