މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންހޭންސް ކްލައިމެޓް ރިޒިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓުގެ އިންޓާރނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

(IUL)1139-ECRFS/1139/2026/73އިޢުލާން ނަންބަރު:

 

ކޯޓޭޝަން ހުށަހެޅުމުގެ 2 ވަނަ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މޫސުމީ ބަދަލުކަމާއި ތިމާވެށްޓާ ހަކަތައާއި ބެހޭ ވުޒާރާ އިން އޭ.ޑީ.ބީގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ  އެންހޭންސް ކްލައިމެޓް ރިޒިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓުގެ އިންޓާރނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ  ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.


ކޯޓޭޝަން ހުށަހެޅުން:
ގަޑި: 14:00
ތާރީޙް: 24 ޖޫން 2026 (ބުދަ)
 އީމެއިލް އެޑްރެސް: [email protected]

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ  21 ޖޫން 2026 ވާ އާދިއްތަ ދުވަހު 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި އިއުލާނު ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޯޓޭޝަން ފޮނުއްވާއިރު ސަބްޖެކްޓުގައި ތިރީގައި ވާ ގޮތަށް ސަބްޖެކްޓުގައި ލިޔަންވާނެއެވެ.

To Undertake the Internal Audit of the Enhancing Climate Resilience and Food Security Project(IUL)1139-ECRFS/1139/2026/73

18 ޖޫން 2026
ހޯދާ