ދިވެހިރާއްޖެ
ގައްދޫ ކައުންސިލް އިދާރާއަށް ރިޓެއިނަރ އުޞޫލުން މަސައްކަތްކޮށްދޭނެ ލޯ ފާރމެއް މީލާދީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބޭނުންވެއްޖެ؛
ގައްދޫ ކައުންސިލަށް އެކި ކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާދިނުމާއި، ޤާނޫނީ ލިޔުންތައް ފަރުމާ ކޮށްދިނުމާއި، ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ކައުންސިލަށް ދަޢުވާ ލިބޭ މައްސަލަތަކުގައި ލަފާދިނުން ފަދަ ޤާނޫނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
|
# |
ތަފްޞީލް |
ތާރީޚާއި ގަޑި |
|
1 |
އަންދާސީ ހިސާބު ހުށަހެޅުމާއި ބީލަން ހުޅުވުން |
28 ޖޫން 2026، 13:00 |
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާޒީ ހިސާބު ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހަޅުއްވާނީ [email protected] އަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9120126 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
