ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޝަހީދުޢަލީ މަރާމާތު ކުރުމާއި ގުޅޭ

   މަސްޖިދުލް ޝަހީދުޢަލީ މިސްކިތުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

        

  •  މިސްކިތު ގޯތިތެރޭގައި ހުރި ގަސްތަކުގެ ވަށާ 20 ބުރު (2.5" އަދި 3") ހެދުން.
  •  މިސްކިތުގެ ވުޟޫ ކުރާ ބައިގެ މުށިތަކުގެ ދޭތެރޭގައި ހުދު ސިމެންތި އެޅުން.
  •  މިސްކިތް ގޯތިތެރޭގެ ވޯކްވޭ ތަކުގައި އަޑިވެފައިވާ ގާތައްނަގައި ވެލިއަޅައި އެއްވަރު ކުރުމަށްފަހު ގާތައް އަތުރާލުމާއި މައި ވޯކްވޭގެ ދެފަރާތު އަރިމަތިން ވެލި މަދުކޮށްލުމަށްފަހު ވެލިގަނޑު އަޑި (ތިރި) ކޮށްލުން.
  •  އަންހެނުން ބޭނުންކުރާ ފަރާތުގެ ސިޑީގައި އެސް.އެސް ހޮޅީގެ އަތްގަނޑެއް (ޗެންޗެއިންއެއް) ހަރުކުރުން.

 

              

      ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6500034 ނަންބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ޖޫން 2026 ވަނަ ދުވަހުގެ 10:15 އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ. ބީލަން ފޯމް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ، އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                        ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

 

                             

17 ޖޫން 2026
ހޯދާ