ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު މަސްޖިދުއްތަރާހުމް މިސްކިތުގައި ހުރި މަރާމާތްތަކާއި ގުޅޭ:

 މިރަށު މަސްޖިދުއްތަރާހުމް މިސްކިތުގައި ހުރި މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައިކޮށްދޭނެ ފަރާތެއް ހޯދުމަށްފުރުސަތު ހުޅުވާލަމަވެ.

މިރަށު މަސްޖިދުއްތަރާހުމްގައި ހުރި، މިއިދާރާއިންދޭ މައުލޫމާތު ޝީޓުގައިވާ މަރާމާތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީ ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިކުރާ ދިވެހި ފަރާތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން މައުލޫމާތު ޝީޓުގައިވާ އެންމެހައި މަސައްކަތްތަކަށް މި ކައުންސިލުން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައި އަގު ހުށަހެޅުމަށް ސަމާލުކަން ދިނުން އެދެމެވެ.

 

މި މަސައްކަތައް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.

  • އަގު % 85         
  • ތަޖުރިބާ % 10
  • މުއްދަތު % 5

 

މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ  21 ޖޫން 2026 ވާ އާދީއްތަދުވަހުގެ 10:00 ގައި ކައުންސިލްގެ އިދާރާގައެވެ.

 

ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ މީޓިންގައެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

އަމީނީމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،

ފޯން  : 6820026، 7330026

އީމެއިލް : [email protected]

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 ޖޫން 2026
ހޯދާ