ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގެ ފަރާތުން މުޅިރާއްޖެއަށް ހުޅުވާލައިގެން ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 19 ޖޫން 2026 ވާ ހުކުރު ދުވަހުގެ މެންދުރު 15:00 ން ފެށިގެން ރޭގަނޑު 21:00 ގެ ނިޔަލަށެވެ. މި މުބާރާތުގެ ވަނަވަނައަށް ހޮވަން ހަމަޖެހިފައިވަނީ މުޅި ރާއްޖެއިން ބައިވެރިވާ ޓީމުތަކުގެ މެދުގައެވެ.
- މުބާރާތުގެ 01 ވަނަ ޓީމަށް 30000.00 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމް
- މުބާރާތުގެ 02 ވަނަ ޓީމަށް 25000.00 (ފަންސަވީސްހާސް) ރުފިޔާގެ ފައިސާގެ އިނާމް
- މުބާރާތުގެ 03 ވަނަ ޓީމަށް 20000.00 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމް
- މުބާރާތުގެ އެންމެ ބަރުމަސް ބޭނޭ ފަރާތަށް 5000.00 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމް
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުން އެދެމެވެ. އަދި މި މުބާރާތުގެ ގަވާއިދު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެކަމުގައި ދަންނަވަމެވެ.
ފޯމް ލިންކް: https://forms.office.com/r/ZfWThAyfa4
ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.
