ދިވެހިރާއްޖެ
ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަކާ ގުޅިގެން މިރަށުން ދޫކޮށްފައިވާ ބިންތަކުގެ މަޢުލޫމާތު އެއްކުރުން.
ރައްޔިތުންގެ އަސާސީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަތައް އެކަންކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ބޭނުމަށް، އެކި ބޭނުންތަކަށް ރަށްރަށުންނާއި ސިޓީތަކުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެކި ސަބަބުތަކާ ހެދި ޢިމާރާތްކޮށްފައި ނުވާ ތަންތަނުގެ މަޢުލޫމާތު އެއްކުރުމަށް ބޭނުންވާތީ، ކ.ތުލުސްދޫ އިން ދޫކޮށް އެކި ސަބަބުތަކާ ހެދި ޢިމާރާތްކޮށްފައި ނުވާ ތަންތަނުގެ މަޢުލޫމާތު ތިރީގައި މިދަންނަވާ ގޫގުލް ފޯމް މެދުވެރިކޮށް 2026 ޖޫން 24 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އަންގަވައި ދެއްވުން އެދި ދަންނަވަމެވެ.
ގޫގުލް ފޯމް ލިންކް: https://forms.gle/ttJ5mUMpDsoVMWLr6
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
02 މުޙައްރަމް 1448
