އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޚުމުގެ ދައުވަތު

  1. އދ. ފެންފުށީ ކައުންސިލަށް ބޭނުންވާ ބިދޭސީން ރެކްރޫޓްކުރުމަށްޓަކައި 2 އަހަރުދުވަހުގެ މުއްދަތަށް ރެކްރޫޓްމަންޓް އެޖެންސީ (ލޯކަލް އެޖެންސީ) ހޮވުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިބީލަމުގައި ބައިވެރިވުމަށް ޕްރޮޕޯސަލް ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫން ނަންބަރު: 18/2014ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބިދޭސީން ރެކްރޫޓްކުރުމުގެ މަސައްކަތް ޤަވާއިދު ނަންބަރު 2022/63-R (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާއި ބެހޭ ގަވާއިދު) ގެ A ކެޓަގަރީގައި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މިއިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަންބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަންބަރު ލިބުމުންނެވެ.
  4. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ތާރީހަކީ 23 ޖޫން 2026 އަންގާރަ ދުވަހު 11:00އެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
  5. މައުލޫމާތު ދިނުމުގެ ބައްދަލުވުން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 28 ޖޫން 2026ވާ އާދީއްތަ ދުވަހު 11:00ގައި މިކައުންސިލްގެ މީޓިންރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ހުޅުވަން ކަނޑައެޅިފައިވާ ވަގުތާއި ތާރީޚް އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  7. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ.
  8. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމް ހުށައަޅައި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮއްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  9. މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 25 ޖޫން 2026 ބުރާސްފަތި ދުހުގެ 13:30ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރައްވަންވާނެއެވެ.

 

އދ. ފެންފުށީ ކައުންސިލްގެ އިދާރާ

އަމީނީމަގު، ފެންފުށި

ފޯން: 6680539

އީމެއިލް: [email protected]

17 ޖޫން 2026
ހޯދާ