މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފީވަކުގައި 20 ބައްތި ދަނޑި ޖެހުމާއި މަގުތަކުގައި މިހާރުހުރި މަގު ބައްތިތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފީވަކުގައި 20 ބައްތި ދަނޑި ޖެހުމާއި މަގުތަކުގައި މިހާރުހުރި މަގު ބައްތިތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

 

          މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފީވަކުގައި 20 ބައްތި ދަނޑި ޖެހުމާއި ރަށުގެ މަގުތަކުގައި މިހާރު ހަރުކުރެވިފައިވާ މަގު ބައްތިތައް މަރާމާތު ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ.

 

          މި މިސައްކަތް ކުރިޔަށް ގެންދިޔުމަށް ބީލަން ހުށައެޅުމުގެ ދަޢުވަތުދީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން

 

17 ޖޫން 2026 ވާ ބުދަ ދުވަހުގެ 10:00 އިން 21 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ބިޑް ފޯމް، މި ކައުންސިލް އިދާރާއިން ގަންނަން ލިބެން ހުނަނާނެއެވެ. ބިޑްފޯމެއްގެ އަގަކީ 1000/- (އެންހާސް) ރުފިޔާއެވެ. ބިޑް ފޯމް ގަތުމަށް ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރ 7724700376001 (1314 REVENUE 1) އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ކައުންސިލްގެ ވައިބަރ ނަންބަރު 9123855 އަށް ސްލިޕް ވައިބަރ، ނުވަތަ މި އިދާރާގެ އީމެއިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

މަޢުލޫމާތު ދިނުން

  • މަޢުލޫމާތު ދިނުން ކުރިއަށް ދާނީ، 24 ޖޫން 2026 ވާ ބުދަ ދުވަހުގެ 13:00 ގައި ފީވަކު ކައުންސިލްގެ އިދާރާގައެވެ.
  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ބިޑްފޯމް ގަނެފައިވާ ފަރާތްތަކަށް އެކަންޏެވެ.
  • މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު ހުށަހެޅުމެއް ނެތްނަމަ، ބައްދަލުވުމަށްފަހު ބިޑް ފޯމް، ބައްދަލުވުމުގެ ބައިވެރިންނަށް ޙަވާލުކުރެވޭނެއެވެ ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.

 

ބީލަން ހުށަހެޅުން

މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ތެރެއިން މިފަދަ މަސައްކަތް ކުރާ ފަރާތްތަށެވެ.  

 

  1.  ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށައެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކާކުކަން އެނގޭނެފަދަ ރަސްމީ ލިޔުމެއް ގެންނަން ވާނެއެވެ. ކުންފުންޏަކުން ބީލަން ހުށަހަޅާ ނަމަ، ނުވަތަ ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ، ބީލަން ހުށަހަޅާ ފަރާތުގެ ސިޓީ (ޕަވަރ އޮފް އެޓާރނީ) އަކާއި ބަދަލުގައި ފޮނުއްވާ ފަރާތުގެ ކާކުކަން އަންގައިދޭ ލިޔުމެއް ބީލަމާއި ވަކިން ހުށާހަޅުއްވަން ވާނެއެވެ.

 

   ބީލަމާއި ވަކިން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެއްވެސް ލިޔުމަކީ ބީލަމުގެ ބައެއް ކަމުގައި ބަލައެއް ނުގަނެވޭނެއެވެ.

 

  1. ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ. އަދި ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ.

 

  1. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި ށ.ފީވަކު ކައުންސިލްގެ އިދާރާގައެވެ. މި ބައްދަލުވުމަށް ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

 

  1. މި ބީލަމަށް އީމެއިލް ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުކުރެވޭނެއެވެ.

މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6540046 އަށް ގުޅުއްވާ، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

             މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.

16 ޖޫން 2026
ހޯދާ