އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތު ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

އިޢުލާނު

 

މަޤާމު:

ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 5 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނެތް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އދ.ކުނބުރުދޫ ސިއްހީމަރުކަޒު، އދ.ކުނބުރުދޫ

މުސާރަ:

9700.00 ރުފިޔާ

މަގާމުގެ އެލަވަންސް:

2910.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ދިވެހި ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން،
  • ދިވެހި ސިވިލް ސަރވިސް ގަވައިދުގައިވާ ގޮތުގެ މަތިން ހާޒަރީ އެލަވަންސް (ހަޒިރުވާ ކޮންމެ ދުވަހަކަށް -/80 ރުފިޔާ)،
  • ދައުލަތުގެ ޕޭ ޕްރޭމްވޯކުގައި ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން އިތުރުގަޑީ ފައިސާ އާއި އެހެނިހެން އެލަވަންސްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މެޑިކަލް އިންޝުރެންސްގެ ބިލް ތައް ތައްޔާރުކޮށް އާސަންދަ ޕުރައިވެޓް ލިމިޓެޑްއަށް ސިއްޙީމަރުކަޒުގެ އިންވޮއިސް އާއެކު ފޮނުވުން.
  2. ސިއްޙީމަރުކަޒަށް ލިބޭ ބިލްތައް އެންޓްރީކުރުމާއި ބިލްތައް ދައްކަމުން ގެންދިއުން.
  3. މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ލިޔެނިންމަންޖެހޭ ލިޔުންތައް ނިންމުމާއި،މުސާރަ ދިނުމާއި،މުވައްޒަފުންނަށް ދޭންޖެހޭ އެހެނިހެން އެލަވަންސްތައް ދެމުން ގެންދިއުން.
  4. މުވައްޒަފުންގެ އެސް.ޓީ.އޯ ކްރެޑިޓް ސްކީމް، އެމްއައިބީ، އެމްއެފްއެލްސީގެ ކަންތައްތައް ބެލެހެއްޓުން.
  5. އާމްދަނީގެ ގޮތުގައި ލިބޭފައިސާ ބަލައިގަތުމާއި،ޖަމާކުރުން އަދި ލިޔެކިޔުންތައް ބެލެހެއްޓުން.
  6. ތިޖޫރީގެ ހިސާބު ބެލެހެއްޓުން
  7. ބަޖެޓާއި ގުޅުންހުރި ހުރިހާ މަސައްކަތަކާއި،ލިޔެކިޔުން ބެލެހެއްޓުން.
  8. ސިއްޙީމަރުކަޒުގެ ޖެނެރަލް ސްޓޮކް ބަލަހައްޓައި ބޭނުންވާ އެންމެހާ ތަކެތި ހޯދުމާއި އޯޑަރު ކުރުން.
  9. މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން
  10. މުވައްޒަފުންގެ ޗުއްޓީ ދިނުމަށް ނިންމަންޖެހޭ ލިޔެކިޔުންތައް ނިންމައި ޗުއްޓީ ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  11. މުވައްޒަފުންގެ ޕާރސަނަލް ފައިލް ބަލަހައްޓައި އަޕްޑޭޓްކުރުން.(ދިވެހި،ބިދޭސީ)
  12. ޔަވްމިއްޔާ ލިޔުމާއި،މަރުކަޒައަށް ލިބޭ ލިޔުންތަށް ދުވަހުން ދުވަހަށް އެންޓްރީކޮށް ނިންމުން.
  13. ސެކްޝަނާއި ގުޅުންހުރި ރިޕޯޓްތަކާއި،މެސެޖް،ސިޓީތަކަށް ޖަވާބުދިނުމާއި،އެތަކެތި ފޮނުވަންޖެހޭ ގަވާއިދުން ފޮނުވުން.
  14. ފައިލްކުރަންޖެހޭ ތަކެތި ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  15. އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި،މަރާމާތުގެ ކަންތައްތައް ބަލަހައްޓައި އެފަދަ މަސައްކަތްތައް ވެރިމީހާގެ ލަފާފުޅާއިއެކު ކުރިއަށް ގެންދިއުން.
  16. ސިއްޙީމަރުކަޒުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް ގަދަ އަޅައި މަސައްކަތް ކުރުން.
  17. ޞިއްޙީމަރުކަޒުގައިކުރެވޭ އެކިއެކި މަސައްކަތަކާއި ހެލްތް ޕޮރޕމޯޝަން އެކްޓިވިޓީތަކުގައި އެހެން މުވައްޒަފުންނަށް އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން.
  18. މުޥައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓާ އޮފީސް މާހައުލަކީ ހިތްހަމަޖެހިގެން މަސައްކަތްކުރާ މާހައުލަކަށް ހެދުމަށް މަސައްކަތް ކުރުން.
  19. ޕަބްލިކް ރިލޭޝަންގެ ދާއިރާއާއި ގުޅިންހުރި ކަންތައްތައް މެނޭޖްމަންޓާއި ގުޅިގެން ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
  20. ޕަބްލިކް ރިލޭޝަން ޔުނިޓްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ވިލަރެސްކޮށް ބެލެހެއްޓުން. (އޯޕީޑީގެ އެންމެހާ މަސައްކަތްތައް ކުރުމާއި އޯޕީޑީ ޑިއުޓީ ކުރުން)

މަޤާމުގެ ޝަރުޠުތައް:

ދިވެހި ރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލެ 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް

ޕަބްލިކް މެނޭޖްމަންޓް

މެނޭޖްމަންޓް

ބިޒްނަސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޖްނަސް މެނޭޖްމަންޓް

ހިއުމަން ރިސޯސް މެނޭޖްމަންޓް

ފައިނޭންސް

ޕަބްލިކް ފައިނޭންސް

ފައިނޭންޝަލް މެނޭޖްމަންޓް

ފައިނޭންޝަލް ޕްލޭނިންގ

އިސްލާމިކް ފައިނޭންސް

އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް

އެކައުންޓިންގ އެންޑް  ފައިނޭންސް

އެކައުންޓިންގ

އޮޑިޓިންގ

އިންޓަރނަލް އޮޑިޓިންގ

ކޮމާސް،

ނާރސިންގ

މަގާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަށް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖޫން 2026 ގެ މެންދުރުފަހު 13:00ގެ ކުރިން، އދ. ކުނބުރުދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 2026 ޖޫން 23 އާއި 2026  ޖޫން 29 އާއި ދެމެދު އދ. ކުނބުރުދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6682810 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

29 ޛުލްޙިއްޖާ 1447

15 ޖޫން 2026

15 ޖޫން 2026
ހޯދާ