މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގެ ފަރާތުން މުޅިރާއްޖެއަށް ހުޅުވާލައިގެން ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  މިމަހުގެ 19 ވާ ހުކުރު ދުވަހުގެ މެންދުރު 15:00 ން ފެށިގެން ރޭގަނޑު 21:00 ގެ ނިޔަލަށެވެ. މި މުބާރާތުން ވަނަވަނައަށް ހޮވޭ ޓީމުތަކަށާއި އެންމެ ބަރު މަސް ބާނާ ފަރާތަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމުތައް ތިރީގައި މިވަނީއެވެ. މި މުބާރާތުގެ ވަނަތަށް ހޮވަން ހަމަޖެހިފައިވަނީ މުޅި ރާއްޖެއިން ބައިވެރިވާ ޓީމުތަކުގެ މެދުގައެވެ.

-          މުބާރާތުގެ 01 ވަނަ ޓީމަށް 30000.00 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމް

-          މުބާރާތުގެ 02 ވަނަ ޓީމަށް 25000.00 (ފަންސަވީސްހާސް) ރުފިޔާގެ ފައިސާގެ އިނާމް

-          މުބާރާތުގެ 03 ވަނަ ޓީމަށް 20000.00 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމް

-          މުބާރާތުން އެންމެ ބަރުމަސް ބޭނޭ ފަރާތަށް 5000.00 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމް

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމް ފުރިހަމަކުރެއްވުމަށްފަހު 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބ.ދޮންފަނު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދިހުށަހަޅާ ފޯމާއި މުބާރާތުގެ ޤަވާއިދު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

މިމުބާރާތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެސިސްޓަންޓް ކައުންސިލް އޮފިސަރ ނިޝްދާ މުޙައްމަދު (9520077) އަށް ގުޅުއްވުން އެދެމެވެ.

15 ޖޫން 2026
ހޯދާ